ޑައިރެކްޓަރު ކުނާލް ކޯލީގެ އާ ފިލްމު "ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިިިފައި ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މި މަހުގެ 11 ގަ އެވެ.
ބޭރު ގައުމެއްގައި އަލަށް ދިމާވާ ދެ މީހެއްގެ މެދުގައި ލޯބީގެ ގުޅުމަކަށް ބިނާކޮށްފައިވާ "ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" ގެ ލީޑުން ފެންނާނީ ވަރްދާން ޕޫރީ އާއި ކަވޭރީ އެވެ.
ވަރުދާން އަކީ ކުރީގެ މަޝްހޫރު އެކްޓަރު އަމްރިޝް ޕޫރީގެ ކާފަދަރިއެކެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ 2021 ގެ "ޔޭ ސާލީ އާޝިގީ" އިންނެވެ. ވަރުދާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ލޯބީގެ ބިރުވެރި ފިލްމު "ބްލަޑީ އިޝްގް" އިންނެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަވޭރީ އަކީ "މިސްޓަ އިންޑިއާ" އާއި "މާސޫމް" ފަދަ އައިކޮނިކް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝޭކަރް ކަޕޫރްގެ ދަރިއެކެވެ.
ކަވޭރީގެ މަންމަ އަކީ ބަތަލާ/ލަވަކިޔުންތެރިޔާ ސުޗިތުރާ ކްރިޝްނަމުރްތީ އެވެ.
"ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" ގެ ޑައިރެކްޓަރު އަކީ ވަރަށް ރީތި އަދި އެހާމެ ރީތި ލޯބީގެ ފިލްމުތަކެއް ކުރިން ވެސް ގެނެސްދައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ހަމް ތުމް" އާއި "ފަނާ" އަދި "މުޖްސޭ ދޯސްތީ ކަރޯގޭ" ގެ އިތުރުން "ތޭރީ މޭރީ ކަހާނީ" ހިމެނެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ޒީ5 އިން ގެނެސްދިން ސްޕައި ތުރިލާ "ލާހޯރް ކޮންފިޑެންޝަލް" އެވެ.