Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ކައިވެނި ކުރި ދެ ތަރިންގެ އާ ސިލްސިލާއެއް

މިދިޔަ ހަފުތާގައި ކައިވެނި ކުރި ޕާކިސްތާންގެ ދެ ތަރިން ކަމަަށްވާ މަރްވާ ހޮކޭން އާއި އަމީރު ގިލާނީގެ އާ ސިލްސިލާއެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ހަމް ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ މި ސިލްސިލާގެ ނަމަކީ "އަގަރް ތުމް ސާތު ހޯ" އެވެ. މީގެ ޕްރޮމޯތަކެއް ވެސް މިހާރު ދައްކަމުން އަންނަ އިރު، ސިލްސިލާ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭނެ "އަގަރް ތުމް ސާތު ހޯ" ގެ ކާސްޓްގައި އެކްްޓަރު ޒަވިޔާރު އިޖާޒް ވެސް ހިމެނެ އެވެ.

މަރްވާ އާއި އަމީރް ކައިވެނިކުރީ މި މަހުގެ 5 ގަ އެވެ. އެ ދެ މީހުން އެކީގައި ކުރިން ވެސް ސިލްސިލާއެއް ކުޅެފައިވެ އެވެ. އެއީ 2020 ގެ "ސަބާތު" އެވެ.

ޕާކިސްތާންގެ މިހާރުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ މަރްވާ އަކީ ބޮލީވުޑްގެ 2016 ގެ ފިލްމު "ސަނަމް ތޭރޫ ގަސަމް" ގެ ވެސް ބަތަލާ އެވެ.