Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޕެންޝަން އޮފީހުގެ ސްކޮލަޝިޕަށް ހުޅުވާލައިފި

ޕެންޝަން އޮފީހުން މި އަހަރު ދޭން ނިންމާފައިވާ ސްކޮލަޝިޕް ފުރުސަތަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ އަންޑަގްރެއޭޓަށް ތިން ދާއިރާއަކުން ސްކޮލަޝިޕްގެ ދަށުން ކިޔެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް އާއި އިކޮނޮމެޓްރިކްސްގެ އިތުރުން އެކްޗޫރިއަލް ސައިންސް އެވެ.

ސްކޮލަޝިޕަށް ކުރިމަމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ. މިއާ ބެހޭ އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓް pension.gov.mv/en/scholarshipprogram އިން ލިބޭނެ އެވެ.