Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އެކްސިޑެންޓެއްގައި ޑްރައިވަރުގެ މޫނަށް ބިއްލޫރި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހުޅުލެއަށް ދާން އޮންނަ މަގުގައި މިއަދި ހިނގި އެކްސިޑެންޓެއްގައި ޕިކަޕު ޑްރައިވަރެއްގެ މޫނަށް މިއަދު ބިއްލޫރި ބުރައިގެން ގޮސް ޒަހަމްވެ ފަރުވާ ދީފި އެވެ.

ފުލުހުން ބުނީ ކާރަކާއި ޕިކަޕެެއް ޖެހި އެކްސިޑެންޓުވި މައްސަލަ ރިޕޯޓްކުރީ މެންދުރު ފަހު 1:50 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ޕިކަޕު ދުއްވަންއިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ޗެކަޕެއް ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓްވި ޕިކަޕަކީ މޯލްޑިވިއަންގެ އެއްޗެކެވެ. އަދި ކާރަކީ ސިއްރު ފެންފުށި ރިސޯޓުން ވީއައިއޭގައި ބޭނުން ކުރާ ކާރެކެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.