Last Updated: May 10, 11:54
Saturday, May 10, 2025
ދުނިޔެ

ނެމީބިއާގެ ފުރަތަމަ ރައީސް އަވަހާރަވެއްޖެ

އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާ އަށް މިނިވަންކަން ލިބުނު ފަހުން ވެރިކަން ކުރެއްވި ރައީސް ސޭމް ނުޖޯމާ އަވަހާރަވެއްޖެ އެވެ.

އޭނަ އިއްޔެ އަވަހާރަވި އިރު އުމުރަކީ 95 އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނުޖޯމާ އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން މީގެ މަހެއްހާ ދުވަސް ކުރިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

އޭނަ އަވަހާރަވުމާ ގުޅިގެން ނެމީބިއާގެ މިހާރުގެ ރައީސް ނަންގޯލޯ އެމްބޫމްމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުމުގެ ބާނީ ވަކިވެގެން ދިއުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި ނުޖޯމާ އަކީ ސިޔާސީ ދާއިރާ އިން އެތައް ބައެއްގެ އިންސްޕިރޭޝަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނުޖޯމާ ރައީސްކަން ކުރެއްވީ 1990-2005 އަށެވެ. އޭގެ ކުރިން އޭނަ ބޮޑުވަޒީރުކަން ވެސް ދެ ދައުރަކަށް ކުރެއްވި އެވެ.

ދެކުނު އެފްރިކާގެ އަޅުވެތިކަމުގެ ދަށުން ނެމީބިއާ އަށް ފުރިހަމަ މިނިވަންކަން ލިބުނީ މާޗް 21، 1990 ގަ އެވެ.