Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ހާއްސަ އެހީގެ މީހުންނަށް ވަޒީފާގެ ހުނަރު ދަސްކޮށް

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ހިންގާނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ފެމިލިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 13 އާ ހަމައަށެވެ.

ރަޖިސްޓްރީވާނީ މި ލިންކް eportal.msfd.gov.mv މެދުވެރިކޮށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރި އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހުކޮށް ދޭން ފެމިލީ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސަރުކާރުގެ އެލި ކުންފުނިތަކުން ވެސް އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށް ދީފައިވާ އިރު، އެކި ކުންފުނިތަކާއި ރިސޯޓްތަކާ ގުޅިގެން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޓާންޝިޕް ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.