Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އިސްދު އަށް ސަޕްލައި ފެނުގެ ހިދުމަތް ފަށައިފި

ލ. އިސްދޫގައި ފެނުގެ ނިޒާމު ނިންމާލައިފި އެވެ.

މިއީ އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި 2023 ގައި ފެށި މަޝްރޫއެކެވެ. އިސްދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނިން އިސްދޫ ނަރުދަމާ ނިޒާމުގާއިމްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އިސްދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 55 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި 60 ޓަނުގެ ވާރޭ ފެން ޕްލާންޓަކާއި 400 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކަކާއި 415 ޓަނުގެ ބޯފެން ރައްކާކުރެވޭ ދެ ޓޭންކު ބަހައްޓާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ވެސް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އިސްދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ނިންމައި، އޮޕަރޭޓަރާ ޙަވާލުކުރެވިފައިވާ ކަމަށެވެ. އަދި 245 ގޭބީސީއެއްގައި ފެނުގެ ޚިދުމަތް ޤާއިމްކޮށްފައިވާ އިރު، ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން މިހާރު ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ކަމަށް ވެސް މިނިސްޓްޓްރީން ބުންޏެވެ.