Last Updated: May 15, 10:34
Thursday, May 15, 2025
ޚަބަރު

'ޔޫތު ވެލްނެސް ލައުންޖް' ގެ ހިދުމަތް ފަށައިފި

ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ޔޫތު ވެލްނެސް ލައުންޖް" ގެ ނަމުގައި އާ ހިދުމަތެއް ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ހިދުމަތް ދޭނީ ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4:00-6:00 އަށް ސޯޝަލް ސެންޓަރުގައި ގާއިމުކޮޮށްފައިވާ ތަނުބް ކަމަށެވެ.

"ޔޫތު ވެލްނެސް ލައުންޖް" ގެ ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަނާއި އަދި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ލިބިގެން ދާނެ ހިއެވެ.

ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން އިންތިޒާމު ހަމަޖެއްސޭނެ އެވެ.