Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ކޯރާޑީން ހަމަލާ ދިން މީހުންގެ ބަންދަށް މުއްދަތު

އިއްޔެ ރޭ ހުޅުމާލޭގައި ކޯރާޑީއަކުން މީހަކަށް ހަމަލާދިން މައްސަލަގައި ހައްޔަރުކުރި ބަންދަށް މުއްދަތު ޖަހައިފި އެވެ.

އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ، ރުސްތުމް އިބްރާހިމް، ހީނާމާގެ، 25 އާއި ބ. ގޮއިދޫ، ފިނިފެންމާގޭ، ސައިފްﷲ ފައިޞަލް، 19 އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރުސްތުމް ތިން ދުވަހަށް އަދި ސައިފުﷲ ތަހުގީގާއި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ދެ މީހުން ކޯރާޑީން ހަމަލާ ދިނުމުން ޒަހަމްވި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްއި ފަރުވާ ދީފައިވެ އެވެ.

ފުލުހުން ރުސްތުމާއި ސައިފްﷲ އަތުލައިގަތީ ހަމަލާ ދީފައި ފިލަން މާލެ ދަނިކޮޮށް ހައިވޭމަތިންނެވެ.