Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

އަބްދުއްރަހީމް އިންޑިއާ އަށް

ރަސްމީ ދަތުރެއްގައި ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

އޭނަ ފުރާވަޑައިގަތީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވަޑައުގަތުމަށް ފަހު އެވެ. ޖަލްސާ ފެއްޓެވީ ރިޔާސަތުގައި އަބްދުއްރަހީމް އިންނަވަ އެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅި ޑްރައިވަރުންނާ ގުޅޭ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެއްޓެވި އިރު، ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އަބްދުއްރަހީމް އިންޑިއާ އަށް ފުރާވަޑައިގެންނެވި ނަމަވެސް ދަތުރާ ގުޅޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.