Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ގޭބިސީތަކަށް މަސްދަޅު ބަހަން ފަށައިފި

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދޭން ނިންމި މަސްދަޅު ކޭސް ބަހަން ފަށައިފި އެވެ.

ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްކޭހެވެ. މުޅި ރާއްޖޭގައި މިކަން ކުރިއަށް ގެންދަނީ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އެސްޓީއޯ އާއި ކައުންސިކްތަކާ ގުޅިގެންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ހަދިޔާކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރި އިރު، ފެނާއި ކަރަންޓް ބިލުތަކުން ޑިސްކައުންޓް ވެސް ދީފައިވެ އެވެ.