Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެ ބަދަލު ގެންނަން ނިންމެވީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ކޮންމެ އުމްރާވެރިޔެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރޯދަ މަހު ގިނަ އަދަދެއްގެ ދިވެހީން އުމްރާއަށް ދެއެވެ.