މި އަހަރު އިތުރު 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބަޖެޓު ހުރި ގޮތުން މި އަހަރު 36 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ވަދު ކަނދުފަތި އަޅާނެ ކަމަށެވެ. އެގޮތުން ސްޕޯޓްސް ފިޝިން ކަނދުފަތިތައް އަޅައިދޭން މިހާ ރުވެސް 80 އަށް ވުރެ ރިކުއެސްޓް އޮތްކަން ފާހަގަކުރައްވައި ވިދާޅުވީ، ސްޕޯޓްސް ފިޝިންއަށް ހާއްސަ ވިއުގައެއް ގާއިމްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އަމާޒަކީ އެއް ރަށަށް ވުރެ ގިނަ ރަށްރަަށް ބޭނުން ހިފޭނެ ގޮތަކަށް ކަނދުފަތިތައް އެޅުން ކަމަށާއި ނަމަވެސް ހަ މޭލަށް ވުރެ ދުރަށް ދުއްވަން ނުޖެހޭ ގޮތަށް އެކަން ފަރުމާކުރަ އްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ހަދާ ފެޑް ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އުތުރުން ށ. ފުނަދޫގައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.