Last Updated: May 10, 11:39
Saturday, May 10, 2025
ދުނިޔެ

ޓީޗަރަކު ދަރިވަރަކު މަރާލައިފި

ދެކުނު ކޮރެއާގެ އިލެމެންޓްރީ ސްކޫލެއްގައި ޓީޗަރަކު 8 އަހަރުގެ ދަރިވަރެއްގެ ގަޔަށް ވަޅި ޖަހައި މަރާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައެޖޮން ސިޓީގައި ހިންގާ ސްކޫލްގައި އަންހެން ދަރިވަރު އިއްޔެ މަރައިލީ 40 އަހަރުގެ އަންހެން ޓީޗަރަކެވެ. ލެއިން ތަތްތެޅިފައި އޮއްވައި ދަރިވަރި ފެނުނީ ސްލޫކްގެ ދެވަނަ ބުރިންނެވެ. އަދި އެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ޓީޗަރު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އޭނަ ވަނީ ދަރިވަރު މަރާލި ކަމަށް އިއުތިރާފު ވެސް ވެފަ އެވެ.

ދެކުނު ކޮރެއާގެ ރައްޔިތުންނަށް ބޮޑު ނުތަނަވަސްކަމެއް ގެނުވި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްފެ ގޮތުގައި ތަހުގީގު ކުރަން އެ ގައުމުގެ ވަގުތީ ރައީސް ޗޮއި ސަންގް-މޮކް ވަނީ ގޮވާލައްވައިފަ އެވެ.

މީޑިއާތަކުން ބުނި ދަރިވަރަކު މަރާލި ޓީޗަރަކީ ޑިޕްރެޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ މިދިޔަ މަހުގެ 9 ވަނަ ދުވަހު ހަ މަހުގެ ލީވަކަށް އެދިފައިވާ ޓީޗަރެކެވެ. އޭގެ ފަހުން އޭނަ ސްކޫލަށް ހާޒިރުވުން ހުއްޓާލިތާ 20 ދުވަސް ފަހުން އަލުން މަސައްކަތަށް ނުކުންނަން ފެށި އެވެ.

އަދި އިއްޔެ އެ ޓީޗަރު ދަރިވަރަށް ހަމަލާދީ މަރާލުމުގެ ކުރިން އާދީއްތަ ދުވަހު އެހެން ޓީޗަރަކާ ހަމަނުޖެހުން ހިންގައި މާރާމާރީ ވެސް ހިންގާފައިވެ އެވެ.