Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަނީ

ތ. ވިލުފުށީގައި ސިހުރު ހަދައި އެ ރަށުގެ ކެފޭއެއްގެ ކުރިމައްޗަށް އެއްޗެހިތަކެއް އެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ސިހުރު ހެދި މައްސަލައެއް ރިޕޯޓްކުރީ ދަންވަރު ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެ އިން ރާއްޖޭގެ އެކި ހިސާބުތަކުން ފެންމަތިވެ އެވެ.