Last Updated: May 3, 01:04
Friday, May 2, 2025
ޚަބަރު

ފޭދޫ އޭޑީއޭ މިސްކިތުގައި ރޯދަ މަހު ހުކުރު ނަމާދު

ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ފޭދޫގެ އިތުރު މިސްކިތެއްގައި ހުކުރު ކުރާ ގޮތަށް ކައުންސިލުން ނިންމައިފި އެވެ.

އެގޮތުން ފޭދޫ ބޮޑުމަގުގައި ހުންނަ މަސްޖިދު ނަސްރު (އޭޑީއޭ މިސްކިތް) ގައި ރޯދަ މަހު ހުކުރު ކުރާނެ އެވެ. އެ މިސްކިތަކީ 1990 ގެ ތެރޭގައި ވެސް ހުކުރުކުރި މިސްކިތެކެވެ.

މިހާރު ފޭދޫގައި ހުކުރު ކުރަމުން އަންނަނީ ތިން މިސްކިތެއްގަ އެވެ. އެއީ މަސްޖިދު އަމާނީ އާއި މަސްޖިދު ކައުސަރުގެ އިތުރުން މަސްޖިދު ފަލާހް އެވެ.