Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ފޭދޫން 3 ބިމެއް ކުއްޔަށް ދޫކުރަނީ

ފޭދޫ ހިއްކާފައި ބިމުގެ ސަރަހައްދެއް. ފޮޓޯ/ އަހުމަދު ފާރިސް

ސިނާއީ މަސައްކަތްތަކަށް އައްޑޫ ފޭދޫން ތިން ބިމެއް ދޫކުރަން ނިންމައި އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ކައުންސިލުން ތިން ބިމެއް ކުއްޔަށް ދޭން ހުޅުވައިލީ ފޭދޫ އިންޑަސްޓްރިއަލް ޒޯނުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 2،470 އަކަފޫޓްގެ ބިމަކާއި 10،000 އަކަފޫޓްގެ ބިމެއްގެ އިތުރުން 15،000 އަކަފޫޓްގެ ބިމެކެވެ.

ބިންތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މި މަހުގެ 20 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެސހާއި ގުޅޭނެ ނަންބަރުގެ އިތުރުން މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު6885003 އިން ހޯދޭނެ އެވެ.