Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ފްރީ ޒޯން ކުންފުނީގެ ސީއީއޯއަކަށް ޝަފީގް

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓްގެ (ސީއީއޯ) މަގާމަށް އައްޔަންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ކެބިނެޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ގެންނެވި ބަދަލާ އެކު ފިނޭންސް މިނިސްޓަރު ކަމަަށް ކުރިން ހެލްތު މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އައްޔަން ކުރަން ނިންމުމުން ޝަފީގު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން އޭނަ ހުންނެވީ ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ބޯޑް ޑިރެކްޓަރަކަށެވެ.

ޝަފީފް ސީއީއޯއަކަށް އައްޔަންކުރި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އަކީ ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަ އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިތަކަކީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ.