Last Updated: May 8, 02:27
Wednesday, May 7, 2025
މުނިފޫހިފިލުވުން

'ސަނަމް ތޭރީ ގަސަމް 2' އަންނަ އަހަރު

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ހޯދި ބޮލީވުޑްގެ އަސަރު ގަދަ ލޯބީގެ ފިލްމު "ސަނަމް ތޭރީ ގަސަމް" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށްދީ އެ ފިލްމުގެ އެއް ޑައިރެކްޓަރު ކަމަށްވާ ވިނޭ ސަޕްރޫ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ އާއު ރާދިކާ ރާއޯ ލިޔެ، ޑައިރެކްޓްކޮށް 2016 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ ތައްޔާރީގައި ކަމަށެވެ.

"ޔަގީންކަން ދެން އަންނަ އަހަރުގެ ވެލަންޓައިންސް ޑޭ [ފެބްރުއަރީ 14] ގައި ފިލްމު ގެނެސްދޭނެކަން،" އޭނަ ބުންޏެވެ. "ފުރަތަމަ ބައި ގެނެސްދިން އިރު ވެސް ވިސްނުމުގައި އޮތް ކަމެއް ދެވަނަ ބައެއް ގެނެސްދިނުމަކީ."

ނަމަވެސް "ސަނަމް ތޭރީ ގަސަމް 2" ގެ ކާސްޓާ ބެހޭ އެއްވެސް ވާހަކައެއް ވިނޭ ހިއްސާއެއް ކުރެ އެވެ. އެހެންވެ ފުރަތަމަ ބައިގެ ކާސްޓް ފިލްމުން ފެންނާނެ ކަމެއް އަދި ނޭނގެ އެވެ. އޭގެ ލީޑް ކުޅުނީ ހާޝްވަރްދަން ރާނޭ އާއި ދާދި ފަހުން ކައިވެނިކުރި ޕާކިސްތާންގެ ބަތަލާ މަރްވާ ހޮކޭން އެވެ.

"ސަނަމް ތޭރީ ގަސަމް" އަކީ މަރްވާ ކުޅުނު ހަމައެކަނި އިންޑިއާގެ ފިލްމު ވެސް މެ އެވެ.

މީގެ ދެވަނަ ބައިގެ ތައްޔާރީތައްވަމުން އަންނަ އިރު، ފުރަތަމަ ބައި މި މަހުގެ 7 ގައި އަލުން ސިނަމާތަކަށް ގެނެސްގެން ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.