Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

މަރަދޫ މެންބަރުގެ ޤުރުއާން މުބާރާތަށް ހުޅުވާލައިފި

އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ އިންތިޒާމުކޮށްގެން އަންނަ ރޯދަ މަހު ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މެންބަރުންގެ ބައްޕަ މަރުހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބާއްވާ "މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން 2025" ގައި ބައިވެރިވާން ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު މުބާރާތުގެ އިންތިޒާމު ކޮމިޓީގައި ހިމެނޭ އަލީ ޝައުޒޫން (7904046) އާއި މުޙައްމަދު ޤާސިމް (77885039) އަށް ގުޅާލައިގެން ހޯދޭނެ އެވެ.

"މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން 2025" އަކީ މުޅި އައްޑު އަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.