މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާގެ އާ ފިލްމު "ކިންގްޑަމް" މި އަހަރުގެ މެއި މަހު ގެނެސްދޭން ނިންމައި ފިލްމުގެ ޓީޒާއެެއް ވެސް މިއަދު ދައްކާލައިފި އެެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ މެއި 30 އަށެވެ. ހިންދީ އޯޑިއަންސަށް "ކިންގްޑަމް" ގެނެސްދޭނީ "ސާމްރަޖިއާ" ގެ ނަމުގަ އެވެ. އަދި މީގެ ހިންދީ ޓީޒާ އަށް ރަންބީރް ކަޕޫރް އަޑު ވެސް އަޅާފައިވެ އެވެ.
ވިޖޭ ފުލުހެއްގެ ރޯލުން ފެންނާނެ "ކިންގްޑަމް" އަކީ ގޯތަމް ތިނައްނޫރީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގައި ގެނެސްދިން "ޖާޒީ" ހިންދީ ރިމޭކް 2022 ގެ "ޖާޒީ" އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ފެމިލީ ސްޓާ" އެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި ޕްރަބާސްގެ "ކަލްކީ: 2898 އޭޑީ" ގެ ހާއްސަ ފެނިލުމެއްގައި ވެސް އޭނަ ހިމެނެ އެެވެ.