Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ޕީސީބީގެ ރައީސް ވަކިކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދީ މި މަގާމުން ވަކިކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޕީސީބީގެ ރައީސް ކަމަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގަ އެވެ.

ޕީސީބީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރާ އިދާރާ އެވެ.