Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގެސްޓްހައުސް ހިންގަން ނޮޅިވަރަންފަރުން 9 ބިން

ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހދ. ނޮޅިވަރަމުން 9 ބިން ކުއްޔަށް ދޭން ނިންމައި އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ އެ ބިންތައް ދޫކުރަން ނިންމާފައި ވަނީ ރަށުގެ ޓޫރިޒޯނުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ
14386.33 އަކަފޫޓްގެ ބިމަކާއި 6895.69 ބިމަކާއި 2065.96 އަކަފޫޓްގެ ތިން ބިމުުގެ އިތުރުން 2170.40 އަކަފޫޓްގެ ތިން ބިމެވެ.

މި ބިންތަކުގައި ގެސްޓްހައުސްތައް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އެޕްރީލް މަހުގެ 8 އާ ހަމައަށެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 24 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް އޮންނާނެ އެވެ. އޭގައި ބައިވެރިވާން މި މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި މަހުގެ 23 ގެ މެންދުރު 12:00 ގެ ކުރިންނެވެ.