Last Updated: July 15, 18:06
Wednesday, July 15, 2026
މުނިފޫހިފިލުވުން

އަނެއްކާ ވެސް ރަންވީރާއި ސާރާގެ ޖޯޑުު

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ސިމްބާ" އަށް ފަހު ރަންވީރު ސިންގް އާއި ސާރާ އަލީ ޚާންގެ ޖޯޑު އެކީގައި ގެނެސްދޭން ޑައިރެކްޓަރު ރޯހިތު ޝެޓީ ތައްޔާރުވެއްޖެ އެވެ.

އެ ދެ ތަރިން ފެންނަ ވީޑިއޯކޮޅެއް އިންސްޓަގްރާމްގައި ހިއްސާކޮށް މިދިޔަ އަހަރު "ސިންގަމް އެގެއިން" ގެނެސްދިން ރޯހިތު ބުނީ އަހަރުގެ އެންމެ ބޮޑު ބޮޑު ބްލޮކްބަސްޓާ އަންނަނީ ކަމަށެވެ. ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ނަމަވެސް ވީޑިއޯ ބަލާލުން ބޮޑަށް ހީވަނީ ރަންވީރާއި ސާރާއާ އެކު ކޮންމެވެސް އުފެއްދުމެއްގެ އިޝްތިހާރެއް ގެނެސްދޭން އުޅޭހެންނެވެ. އެގޮތަށް ބައެއް މީހުން ޕޯސްޓަށް ކޮމެންޓްކޮށްފައިވާ އިރު، ބައެއް މީހުން ވަނީ އެ ދެ ތަރިން އަލުން ފިލްމަކުން ދެކިލަން ކެތްމަދުވެފައި ތިބި ކަމަށް ވެސް ބުނެފަ އެވެ.

ރަންވީރާއި ސާރާއާ އެކު ރޯހިތު 2018 ގައި ގެނެސްދިން "ސިމްބާ" އޭނަގެ ކޮޕް ޔުނިވާސްގެ ދެވަނަ ފިލްމެވެ. ރަންވީރު ފުލުހެއްގެ ރޯލު ކުޅުނު އެ ފިލްމަކީ ސާރާގެ ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ އެ އަހަރު ޑައިރެކްޓަރު އަބީޝެކް ކަޕޫރް ގެނެސްދިން "ކޭދަރުނާތު" އިންނެވެ.

ރޯހިތު ބުނެފައިވާ ގޮތުގައި ދެން އޭނަ ހަދަން އޮތް ފިލްމަކީ މަގުބޫލު ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ބަ އެވެ.