ސްރީ ލަންކާގައި ހިނގި ސައިިކަލް އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ޒުވާނަކު މަރުވި މައްސަލައެެއްގައި އެ ގައުމުގެ ހަތަރު ފުލުހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ވަޑުއްވާގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ފަހުން ކަފާލާތުގެ ދޫކޮޮށްލާފައި ވަނިކޮށް މަރުވީ 24 އަހަރުގެ ޒުވާނެކެވެ. އޭނަ ބުނެފައިވާ ގޮތުގައި ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވެ އެވެ. އެހެންވެ ދޫކޮށްލުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޒުވާނާ އަށް ފަރުވާ ދީފައިވެ އެވެ. އަދި އޭނަ މަރުވީ ވެސް ފަރުވާ ދެމުން ދަނިކޮށެވެ.
އޭނަގެ ޕޯސްޓްމޯޓަމް ހަދަން މިހާރު އޮތީ ނިންމައިފ އެވެ.
އެ މަރާ ގުޅިގެން ކޮށްފައިވާ ތުހުމަތުކަކާ ގުޅިގެން ހަތަރު ފުލުހަކު ހައްޔަރުކޮށްފައިި ވަނީ އިއްޔެ އެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައިވެ އެެވެ.