Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހިތަދޫން ވިޔަފާރި އަށް 7 ބިން ދޫކުރަނީ

ހިތަދޫ ސިޓީ ސްކެއާ ސަރަހައްދު. ފޮޓޯ/ އަލީ ނާސިރު

ވިޔަފާރި އަށް އައްޑޫ ހިތަދޫން 7 ބިމެއް ކުއްޔަށް ދޭން ނިންމައި، އެ ބިންތަކަށް ކުރިމަތިލާން ކައުންސިލުން ހުޅުވާލައިފި އެވެ.

ހިތަދޫގެ ކޮމާޝަލް ޒޯން ސަރަހައްދުން ދޫކުރަން ނިންމި ބިންތަކުގެ ތެރޭގައި މުޅިން ވެސް ހިމެނެނީ 4،000 އަކަފޫޓްގެ ބިންތަކެވެ.

ކައުންސިލުން ބުނީ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 25 އާ ހަމައަށެވެ.

ރަަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި -މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ. ރެޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885003 އިން ހޯދޭނެ އެވެ.