Last Updated: May 12, 10:12
Monday, May 12, 2025
ޚަބަރު

މާލޭގައި އަނެއްކާ ވެސް ގްރެފިޓީތައް ނައްތާލަނީ

މާލޭގެ އެކި ހިސާބުތަކުގައި ހުރި ގްރެފިޓީތަކުގެ ތެެރެއިން އާންމު މިންގަނޑަށް ނުފެތޭ ގްރެފިޓީތައް ނައްތައިލުމުގެ މަސައްކަތް ކައުންސިލުން ބުނެފި އެވެ.

އެ މަސައްކަތް ފެށީ ކުރިއަށް އޮތް ރޯދަ އަށް މާލެތެރެ ސާފުކޮށް ޒީނަތްތެރި ކުރަމުން ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

އެގޮތުން އެކި ހިސާބުތަކުގައު ފާރުތަކުގައި ހުރި އެކަށީގެން ނުވާ ގްރެފިޓީތައް ނައްތައިލާނެ ކަމަށް ކައުންސިލުން ބުންޏެވެ. މި މަސައްކަތް ކައުންސިލުން ކުރަމުން އަންނަނީ ފުލުހުންގެ ވެސް އެހީތެރިކަމާ އެކީގަ އެވެ.

ކުރިން ވެސް އެފަދަ ގްރެފިޓީތައް ނައްތާލާފައިވެ އެވެ.