Last Updated: May 8, 02:27
Wednesday, May 7, 2025
މުނިފޫހިފިލުވުން

މި ދެބެއިން އަނެއްކާ ވެސް އެކީގައި

ބޮލީވުޑްގައި މަސައްކަތްކުރާ ދެއިން ކަމަށްވާ ބަތަލާ ހުމާ ގްރޭޝީ އާއި ކޮއްކޮ ސާގިބް ސަލީމް އަނެއްކާ ވެސް އެކީގައި ފިލްމެއް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

އެ ދެ މީހުން ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ "ބޭބީ ޑޫ ޑައި ޑޫ" އެވެ. ނަޗިކެތު ސަމަންތު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ތުރިލާގެ ކާސްޓްގައި ޗަންކީ ޕާންޑޭ އާއި ސިކަންދަރް ކޭރް ވެސް ހިމެނެ އެވެ.

ހުމާ، 38، އާއި ސާގިބް، 36، އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2017 ގެ ބިރުވެރި ފިލްމު "ދުބާރާ: ސީ ޔޯ އީވިލް" އެވެ. އެ މީހުން ވެސް ބޮލީވުޑްގައި މަސައްކަތްކުރާތާ މިހާރު ގިނަ ދުވަސްތަކެއްވެފައިވީ ނަމަވެސް، މިހާތަނަށް މާ ބޮޑު މަޝްހޫރުކަމަކާއި ކުރިއެރުމެއް ހޯދިފައެެއް ނުވެ އެވެ.

"ގޭންގްސް އޮފް ވަސޭޕޫރް" އާއި "ބަދުލާޕޫރް" ފަދަ ފިލްމުތައް ކުޅެފައިވާ ހޫމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓޮކްސިކް"، "ޖޯލީ އެލްއެލްބީ 3" އާއި "ޕޫޖާ މޭރީ ޖާން" އާއި "ގުލާބީ" އަދި "ބަޔާން" ހިމެނެ އެވެ.

އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ ސާގިބްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ މި މަހުގެ 21 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "ކްރައިމް ބީޓް" އެވެ. "ޑިޝޫމް" އާއި "ރޭސް 3" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ކަކްޑާ" އެވެ.