Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ރޯދަ މަހު މަޖިލިސް ބަންދުކުރަން ފާސްކޮށްފި

ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފި އެވެ.

މި އިސްލާހު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.

ރިފާއު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

މި އިސްލާހަށް އާންމު ކޮމިޓީގައި ވާހަކަދެއްކުމަށް ފަހު، އެ ކޮމިޓީން ވަނީ މި އިސްލާހަށް ބަދަލެއް ގެނައުމެއް ނެތި ފާސްކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6 ގަ އެވެ.