އައްޑޫގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރަކަށް ޝީޝާ ހަމަޖައްސައިފި އެވެ.
ޔުނިޓީ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އައްޑޫގެ ޒުވާނުންނާއި ފުޓްސަލް ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށް ޝީޝާ ހަމަޖައްސާފައިވާއިރު، ޝީޝާ އަކީ ދިވެހި ފުޓްބޯޅައިގެ އެކި ކަންކަމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކުންފުންޏެކެވެ.
މި ސްޕޮންސާޝިޕްގެ ޒަރިއްޔާ އިން ޝީޝާ އާއި އައްޑޫގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަކީ އަމާޒެއް ކަމަށް ޝީޝާ އިން ބުނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނަރަޕް ޓީމަށް 20،000ރ. ވަނީ ހުށަހަޅާފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހިތަދޫ ސްޓޭޑިއަމްގެ އިރުދެކުނު ކަންމަތީގައި އަލަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގަ އެވެ.