Last Updated: July 15, 18:06
Wednesday, July 15, 2026
މުނިފޫހިފިލުވުން

ޖޯންގެ 'ދަ ޑިޕްލޮމެޓް' ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމްގެ "ދަ ޑިޕްލޮމެޓް" ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އޭނަ ޕްރޮޑިއުސަފރެއްގެ ގޮތުގައި ވެސް ހިއްސާވެފައވާ މި ފިލްމަކީ ރިތޭޝް ޝާހްގެ ސްކްރީންޕްލޭއަކަށް ޝިވަމް ނައިރް ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ތުރިލާއެކެވެ. "ދަ ޑިޕްލޮމެޓް" ގައި ދައްކުވައި ދޭނީ ޕާކިސްތާނަށް ގެންގޮސް ގަދަކަމުން އެ ގައުމުގެ މީހަކާ ކައިވެނި ކުރުވަން މަސައްކަތްކުރާ އިންޑިއާގެ ޒުވާން އަންހެނަކު އަނބުރާ ގައުމަށް ގެންނަން ޑިޕްލޮމެޓިކު ކުރާ މަސައްކަތްތަކެވެ.

މީގެ ކާސްޓްގައި "ޝިކާރާ" އާއި "ރަކްޝަންބަންދަން" އިން ފެނިފައިވާ ބަތަލާ ސާދިއާ ޚަތީބާއި ކުމުދު މިޝްރާ އަދި ޝާރިބް ހާޝިމީ ހިމެނެ އެވެ.

ޖޯން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އެކްޝަން ޑްރާމާ "ވޭދާ" އިންނެވެ.