ޖަޕާންގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ބަނަސްތަކުގެ ތެރެއިން ބަނަސް ޕެކެޓެެއް ފިތާލައި "ގެއްލުން ދިން" މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ލޯސަން" އިން ފުކްއޯކާގައި ހިންގަމުން އަންނަ އައުޓްލެޓެއްގައި ހިނގި މި ކަންތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރީ 40 އަހަރުގެ އަންހެނަކު ކަމަށެވެ.
އެ މީހާ ހައްޔަރުކުރީ ކުންފުނީގެ ވެރިޔާ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ފުލުހުންނަށް ރިޕޯޓްކުރީ 'ބްލެކް ސެސިމީ އެންޑް ކްރީމް ޗީޒް" ބަނަސް ޕްކެޓެއް ފިތާލައި "ގެއްލުން ދިން" ކަމަށް ބުނެ އެވެ. އެގޮތުން ހަތަރު ބަނަސް އެކުލެވޭ ޕެކެޓް "ފިތާލައި ގެއްލުން ދީފައި" ނުގަނެ، ދިއުމުން ފަހުން އެ ގަންނާނެ މީހަކު ވެސް ނުވެ ވިޔަފާރި އަށް ގެއްލުންވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ޕެކެޓްގެ އަގަކީ 180 ޔުއާން (1.20 ޑޮލަރު) އެވެ.
މިކަމާ ގުޅިިގެން އަންހެން މީހާ ބުނީ އޭނަ ބަނަސް ފެކެޓް ފިތީ ބަނަސްތަކުގެ ހަރުމަޑުކަން ބަލަން ކަމަށެވެ. އަދި ނުގަތީ އަތުގައި ފައިސާ ނެތުމުން ކަމަށާއި ވަޒީފާއެެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.