ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި "އަހާ" ފޯރަމްގެ އިތުރު ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މިރޭގެ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ 9 ޖަހާއިރު އެވެ. މި ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޓޫރިޒަމް އަދި އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.
އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދުރާލާއި ސުވާލު އެސްއެމްއެސް ކުރަންޖެހެ އެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.
PSM with @presidencymv brings you #AhaaForum on February 15 @2100hrs pic.twitter.com/os5peaZ3jg
— Public Service Media (@psm_mkt) February 14, 2025
"އަހާ" ގެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.
"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.