Last Updated: May 10, 06:13
Saturday, May 10, 2025
ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސީދާ ނަޝީދުގެ ވައުދެއް: ވައްޑެ

އެމްޑީޕީގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދޭން ފެށި ޕްރޮގްރާމަކީ ސީދާ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވައުދެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ވެރިކަމުގައި ހާސިލު ކުރެއްވުނު ވަރަށް ފަހުރުވެރި ކާމިޔާބީއެއް ކަމަށް އެ ޕްރޮގްރާމް ފެއްޓެވި އިރު، ވެރިކަމުގައި ހުންނެވި އިބްރާހީމް މުުހައްމަދު ސޯލިހު (އިބޫ) ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިއްޔެ ވިދާޅުވި އެވެ. އެ ޕްރޮގްރާމް ފެށިތާ އިއްޔެ އަށް ހަ އަހަރު ފުރުމާ ދިމާކޮށް އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ސްކީމްގެ ސަބަބުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔަ ކަމަށާއި އެއީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ހާސިލުކުރެވުުނު އެންމެ ފަހުރުވެރި އެއް ކާމިޔާބީ ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވި އިރު 18،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އަދި 8،500 ދިވެހި ޒުވާނުން އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެ މަނިިކުފާނު ވިދާޅުވީ ތަޢުލީމަކީ އެންމެންނަށް ހަމަހަމަކަން ގެނެސްދޭ އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމަށާއި ޤައުމު ބިނާކުރުމަށް ފުރުޞަތުތައް ހުޅުވައިދޭ އެއްޗެއް ކަމަށްވާ އިރު ހިލޭ ޑިގްރީ ޕްރޮގްރާމްގެ ކާމިޔާބީ އަކީ އެމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫގެ މި ވާހަކަތަކަށް ދެއްވި ރައްދެއްފައި ވައްޑެ ވިދާޅުވީ އެއީ ސީދާ ނަޝީދުގެ ވައުދެއް ކަމަށެވެ.