Last Updated: May 7, 13:48
Wednesday, May 7, 2025
މުނިފޫހިފިލުވުން

'ދަމާލް 4' ގެ ޝޫޓިން އަންނަ މަހު

ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރް ކުމާރު ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިޒް "ދަމާލް" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މީގެ މަސައްކަތް ފަށަން ފުރަތަމަ ޕްލޭންކުރީ މިދިޔަ އަހަރު ކަމަށެވެ. ނަމަވެސް އިންދަރު ހިއްސާވާ އެހެން ދެ ފިލްމެއްގެ މަސައްކަތް މިދިޔަ އަހަރު ފަށަން ޖެހުމާ ގުޅިގެން "ދަމާލް 4" ފަސްކުރީ ކަމަށެވެ.

އިންދަރުގެ ފިރިހެން ދަރިފުޅު އަމަން އިންދަރު ކުމާރި ބޮލީވުޑަށް ނެރޭ ފިލްމު "ތެރެ ޔާރު ހޫ މޭ" އާއި އިންދަރު ގެނެސްދެމުން އަންނަ އެޑަލްޓް ކޮމެޑީ "މަސްތީ" ގެ ހަތަރު ވަނަ ބައިގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ މިލަޕް މިލަން ޒަވޭރީ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިންދަރް ޑައިރެކްޓްކުރާ "ދަމާލް 4" ގެ ޝޫޓިން ފަށާ އިރު، މީގެ ކުރީގެ ބައިތަކުން ފެނިފައިވާ ތަރިން އާ ފިލްމުން ވެސް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އަރުޝަދު ވަރްސީ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޖާވިދު ޖެފްރީ ހިމެނެ އެވެ. އަދި 2019 ގައި ގެނެސްދިން "ޓޯޓަލް ދަމާލް" ގެ މުހިއްމު ރޯލެއް ކުޅުނު އަޖޭ ދޭވްގަން ވެސް ހަތަރު ބައިގައި ހިމެނޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ކާސްޓްގައި އަނިލް ކަޕޫރް ވެސް ހިމެނެނު "ދަމާލް 4" ގެ ބަތަލާ އަކީ މަދޫރީ ޑިކްސިޓެވެ.

"ދަމާލް" ގެ ފުރަތަމަ ބައި 2007 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި "ޑަބަލް ދަމާލް" ގެނެސްދިނީ 2011 ގަ އެވެ. "ފުލް އޮން ޓޯޓަލް ދަމާލް" ގެ ނަން ކިޔާ އާ ފިލްމު ގެނެސްދޭނީ އަންނަ އަހަރު އެވެ.

އިންދަރްގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ އާއި ސިދާތު މަލްއުތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގްއާ އެކު ގެނެސްދިން 2022 ގެ "ތޭންކް ގޯޑް" އެވެ.