Last Updated: July 26, 13:22
Sunday, July 26, 2026
ޚަބަރު

ކެފޭ އަށް ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް

ތ. ވިލުފުށީގެ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި ހައްޔަކުރި ދުވަސްވީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލަގައި ކޯޓް އަމުރެއްގެ ހައްޔަރުކުރީ ވިލުފުށި، ރޭނިގޭ މުޙައްމަދު ޢަބްދުލް ޤާދިރު، 66، އެވެ. އޭނަ ކެފޭއަކަށް ސިހުރު ހަދައި އެތަނުގެ ކުރިމައްޗަށް އެއްޗެހިތަކެއް އެޅި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ދަންވަރު އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.