ނުވަދިހައިގެ ތެރޭގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝިރޯދްކަރް ވަރަށް ގިނަ ދުވަސްތަކެއް ފަހުން އާ ފިލްމަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހައިދަރުއާބާދުގައި ޝޫޓިން ފެށި މި ފިލްމަކީ "ރުސްތުމް" އާއި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަދި "ޕެޑްމޭން" ފަދަ މަގުބޫލުތައް ފިލްމު ގެނެސްދިން ޕްރޭރްނާ އަރޯރާ އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށް، ވެންކަޓް ކަލިއާން ޑައިރެކްޓްކުރާ "ޖަޓަދާރާ" އެވެ.
މީގެ ކާސްޓްގައި ޝިލްޕާ އެކު ޓީވީ އެކްޓަރު ޝިވިން ނަރަންގް އާއި އަކްޝޭ ކެޖްރިވާލް އާއި މޯހަނާ ކްރިޝަނާގެ އިތުރުން ވެންކީ އަތުލޫރީ ހިމެނެ އެވެ.
ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރާ "ޖަޓަދާރާ" މިސްޓްރީ ތުރިލާއެކެވެ.
ކަލާސް ޓީވީން ދާދި ފަހުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 18 ގައި ވާދަކޮށްފައިވާ ޝިލްޕާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2000 ވަނަ އަހަރު "ގަޖަ ގާމިނީ" އެވެ. އޭނަ ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމުތަކަކީ "ހަމް" އާއި "ކިޝަން ކަނައްޔާ" އާއި "އާނކޭ" އާއި "ގޯޕީ ކިޝަން" އެވެ.
ޝިޕްލާ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ "އޭކް މުއްޓީ އާސްމާން"، "ސިލްސިލާ ޕިޔާރު ކާ" އަދި "ސާވިތުދޭވީ ކޮލެޖް އެންޑް ހޮސްޕިޓަލް" އެވެ.
ޝިޕްލާ، 51، އަކީ ކުރީގެ ބަތަލާ އަދި މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫގެ އަންހެނުން ނަމްރަތާ ޝިރޯދްކަރް، 53، ގެ ކޮއްކޮ އެވެ.