Last Updated: May 11, 17:55
Sunday, May 11, 2025
ޚަބަރު

ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި

ފަނޑިޔާރުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ ކޯޓަކުން ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާ އަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

މާލޭގައި ކުރިއަށްދާ މަހާސިންތާ މިއަދު ފައްޓަވައި ދެއްވީ އުއްތަމަފަނޑިޔާރު މުހުތަސިމް އަދުނާނެވެ.

ފަނޑިޔާރުންގެ މަހާސިންތާ އަކީ ކޮންމެ އަހަރަކުވެސް ގަޟާއީ އަހަރާ ގުޅުވައިގެން ބާއްވާ މަހާސިންތާއެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ފަނޑިޔާރުންގެ މަހާސިންތާގައި ޖުޑިޝަރީގެ ހުރިހާ ފަރާތްތަކުން ބައިވެރިވެ ކަނޑައެޅޭ މައުޟޫތަކަށް މަޝްވަރާ ކުރެ އެވެ.