Last Updated: May 15, 23:23
Thursday, May 15, 2025
ޚަބަރު

ފޮރިން މިނިސްޓަރު ހަލީލު އޮމާނަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ހަލީލު އޮމާނަށް ވަޑައިގެންނެވީ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ހަލީލު ވަނީ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ އިސްވެރިންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވި، ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މި ކޮންފަރެންސްގައި 60 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.