Last Updated: May 7, 15:28
Wednesday, May 7, 2025
މުނިފޫހިފިލުވުން

ކާތިކާއި ސްރީލީލާގެ ފިލްމު ނޮވެމްބަރުގައި

ފިލްމު "އާޝިގީ 3" ގެ ނަމުގެ މައްސަލައިގައި ޕްރޮޑިއުސަރުންގެ މެދުގައި އުފެދުނު ކޯޅުންތަކަކާ ގުޅިގެން އެ ފިލްމު ވާނުވާ އަށް ދިއުމުން އޭގެ ބަތަލަކަަށް ނެގި ކާތިކް އާރިއަންއެކު ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދަން ނިންމި ލޯބީގެ ފިލްމުގެ ބަތަލާއަކަށް ދެކުނުގެ ބަތަލާ ސްރީލީލާ ހަމަޖައްސައި ފިލްމުގެ ޓީޒާއެއް ވެސް އާންމުކޮށްފި އެވެ.

ބުޝަން ކުމާރު ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާ އިރު، މި ފިލްމު މި އައަރުގެ ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނާނެ އެވެ. ޕްރިތަމް މިއުޒިކް ހަދާ ފިލްމުގެ ކާތިކް ކުޅޭނީ މިއުޒިޝަނެއްގެ ރޯލެވެ.

މި ފިލްމު ބަތަލާއަކަށްސްރީލީލާ ނެގި އިރު، ކާތިކްއާ އެކު "އާޝިގީ 3" ގައި ބަތަލާގެ ރޯލު ކުޅޭނެ ކަމަށް އަޑު އަރާފައި އޮތީ ޓްރިޕްތީ ދިމްރީ އެވެ. އޭނަ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު ކާތިކްގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ ވެސް ބަތަލާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އާޝިގީ 3" ގެ މަސައްކަތް ފެށޭނެ އިރެއް ނޭނގޭތީ އަނޫރާގް ކާތިކްއާ އެކު ހަދަން ނިންމި ލޯބީގެ ފިލްމުގެ ބަތަލާއަކަށް ނަގަން ކުރިން ނިންމީ ވެސް ޓްރިޕްތީ އެވެ.

ނަމަވެސް އޭނަ ފިލްމު "ބޭރުކޮށްލާފައިވާ" ކަމަށް ބުނެ ދެކެވުނު ވާހަކަތަކެއް މި މަހުގެ ކުރީކޮޅު އަނޫރާގް ދޮގުކޮށްފައިވެ އެވެ.

ކާތިކްގެ ފިލްމަށް ނެގީ ސްރީލާ އަކީ ޑިސެމްބަރުގައި ރިލީޒްކުރި "ޕުޝްޕާ 2" ގެ އައިޓަމް ލަވަ ކުޅުނު ބަތަލާ އެވެ. އަދި އަނޫރާގްގެ ފިލްމަކީ އޭނަ ސޮއިކުރި ބޮލީވުޑްގެ ފުރަތަމަ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކު ޕްރޮޑިއިސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ "ޑިލަރު" ގެ ބަތަލާ އަކީ ވެސް ސްރީލީލާ އެވެ.

އަނޫރާގްގެ އާ ފިލްމުގެ ޝޫޓިން ރަސްމީކޮށް އަންނަ މަހު ފަށަން ނިންމާފައި އިރު، އޭނަގެ އެހެން ފިލްމެއްފެ މަސައްކަތް ނިންމާފައި އެބައޮތެބެ. އެއީ 2007 ގެ "ލައިފް އިން އަ…މެޓްރޯ" ގެ ސީލްއެލް "މެޓްރޯ… އިން ދިނޯ" އެވެ. މި އެންތޮލޮޖޯގައި ބޮޑު ކާސްޓެއް ހިމެނެ އެވެ.

ކާތިކް ދާދި ފަހުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ކިޔާ ފިލްމަކަށް ސޮޮއިކޮށްފައިވާ އިރު، މީގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މި އަހަރުގެ މެއި/ޖޫން ހިސާބުގަ އެވެ.

"އާޝިގީ 3" އަކީ ކާތިކްއާ އެކު 2022 ގައި އިއުލާންކުރި ފިލްމެކެވެ. އޭގެ ޕްރޮޑިއުސަރުންނަކީ ބުޝަންގެ އިތުރުން ވިޝޭޝް ފިލްމްސްގެ މުކޭޝް ބަޓެވެ. މި ޓީމަކީ 1990 ގެ "އާޝިގީ" އާއި 2013 ގެ "އާޝިގީ 2" ވެސް ގެނެސްދިން ޓީމެވެ. ނަމަވެސް ބުޝަން އާއި މުކޭޝްއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި "އާޝިގީ 3" ގެ މަސައްކަތް ފެށޭނެ އިރެއް ނޭނގުމެއްގެ ތެރޭގަ އެވެ.