Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ޓޫރިޒަމާ ގުޅޭ ގޮތުން ތުރުކީއާ މަޝްވަރާކޮށްފި

ޓޫރިޒަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ރާއްޖެ އާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއްކޮށްފި އެވެ.

މި މަޝްވަރާތައް ބޭއްވީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގ ޓޫރިޒަމް މިނިސްޓަރު މެހެމަތު ނޫރީ އެރްސޯއީ އާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ޓޫރިޒަމއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު ވެސް ދެ ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ރާއްޖެ އާއި ތުރުކީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ޓޫރިޒަމް ދާއިރާ އިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް ވެސް ބައްދަލުވުމުުގައި އަލިއަޅުވާލި އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރާއްޖެ އާއި ތުރުކީ އަކީ ވެސް ދުނިޔޭގެ ޓޫރިޒަމްގައި ވަރަށް މަޝްހޫރު ދެ ގައުމުކަމެވެ. އަދި ރާއްޖެ އިން ތުރުކި އަށް ޗުއްޓީ އަށް ދާ މީހުން މިހާރު ވަރަށް ގިނަ އެވެ.