Last Updated: June 9, 13:52
Tuesday, June 9, 2026
ޚަބަރު

ހަންޏާމީދޫގެ ނަން ރަނގަޅަށް ލިޔާނެ ގޮތް ބުނެ ދީފި

އދ. ހަންޏާމީދޫގެ ނަން ރަނގަޅަށް ލިޔާނެ ގޮތް އެ ކައުންސިލުން އާންމުކޮށްފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހަންޏާމީދޫގެ ނަން ސަރުކާރުގެ ބައެއް އިދާރާތަކުންނާއި އަމިއްލަ ބައެއް ޖަމިއްޔާ ޖަމާޢަތްތަކުންނާއި އެކިއެކި ކުންފުނިތަކުން ވެސް ލިޔުންތަކުގައި ތަފާތު ގޮތްގޮތަށް ލިޔެފައި ހުންނަކަން ފާހަގަވާ ކަމަށެވެ.

އެހެންވެ ހަންޏާމީދޫގެ ނަން ދިވެއްސާއި އިނގިރޭސި ބަހުން ލިޔަންވީ ރަނގަޅު ގޮތް ކައުންސިލުން ވަނީ ބުނެ ދީފަ އެވެ.

އަދި މި ގޮތަކީ "ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރައްތައް ކަނޑައެޅުން" ޤަރާރުގައި ބަޔާންކޮށްފައި އޮތް ގޮތް ކަމަށް ވެސް ހަންޏާމީދޫ ކައުންސިލުން ބުންޏެވެ.