"މަރިޔަމް މަލާ" ގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ގައިމު ވެސް ސޯޝަލް މީޑިއާގައި އެ ވާހަކައެއް ބޮޑުކޮށް އެބަ ދެކެވެ އެވެ. އެހެންވެ ގިނަ ބައެއްގެ ސަމާލުކަން ވެސް މިކަމަށް ހުއްޓިފައިވެ އެވެ.
"މަރިޔަމް މަލާ" އަކީީ ކޮބައި ހެއްޔެވެ؟ މީ ރާއްޖޭގެ ބޮޑުބެރު ގްރޫޕެއް ކަމަށްވާ "އެކަތި ބޮޑުބެރު" އިން ގެނެސްދިން ވަރަށް ހިތްގައިމު ވީޑިއޯ ލަވައެކެވެ. ލަވަ އަށް "މަރިޔަމް މަލާ" ކިޔާފައި ވަނީ ރީތި އަންހެން ކުއްޖަކަށް ލަވަ ބިނާކޮށްފައިވާތީ އެވެ. މި ލަވައިގެ ޅެން ހަދާފައި ވަނީ ކުރިން ވެސް މަގުބޫލު ލަވަތަކެއްގެ ޅެން ހަދާފައިވާ އިސްމާއީލް މުބާރެކެވެ.
"މަރިޔަމް މަލާ" ގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ. މި ލަވަ އަކީ އެކަތި ބޮޑުބެރާއި ރާއްޖޭގެ މިހާރުގެ ފާހަގަކޮށްލެވޭ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ އެއްކާފުގެ އިތުރުން ޓޫތުރީވަން ގުޅިގެން ގެނެސްދީފައިވާ ލަވައެކެވެ.
"މަރިޔަމް މަލާ" އެހާ ބޮޑަށް ވައިގައި ހިފައިގެން އުޅެނީ އަސްލު މީގެ ވީޑިއޯ ގެނެސްދީފައި އޮތްލެއް ޗާލުކަމުންނެވެ. އެ މަސައްކަތުގެ ފަހަތުގައި ރާއްޖޭގެ އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގެވެ. އޭނަ ޑައިރެކްޓްކޮށްފައިވާ ލަވައިން "މަރިޔަމް މަލާ" ގެ ގޮތުގައި ފެންނަ އަންހެން ކުއްޖަކު އެކަތި ބޮޑުބެރު ގްރޫޕްގެ މެންބަރުން ފެނިގެންދެ އެވެ.
އެ ގްރޫޕުން ބުނި ގޮތުގައި "މަރިޔަމް މަލާ" ލަވަ އަކީ އެ މީހުން ގެނެސްދޭން އުޅޭ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ލަވައެކެވެ.