Last Updated: May 7, 14:04
Wednesday, May 7, 2025
މުނިފޫހިފިލުވުން

ދެކުނު ކޮރެއާގެ ޒުވާން ބަތަލާއަކު މަރުވެއްޖެ

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދެކުނު ކޮރެއާ ޒުވާން ބަތަލާ ކިމް ސައީ-ރޮން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 24 އަހަރުގެ ބަތަލާ މަރުވެފައި އޮއްވައި އިއްޔެ ހަވީރު ފެނުނީ ސިއޮންގް ސިޓީގައި އޭނަ ދިރިއުޅެމުން އަންނަ ގެއިން ކަމަށެވެ. ކިމް މަރުވި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނީ އެ މަރުގައި ޝައްކު ކުރެވޭ ޒާތުގެ އެއްވެސް ކަމެއް މިހާތަނަށް ފާހަގަވެފައި ނެތް ކަމަށެވެ.

ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ކިމް އަކީ ދެކުނުގެ ކޮރެއާގެ އެންމެ އުންމީދީ އެއް ބަތަލާ އެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މިރާ އޮފް ދަ ވިޗް (2016)، އަ ގާލް އެޓް މައި ޑޯ (2014)، ދަ ނޭބާ (2012)، ދަ މޭން ފްރޮމް ނޯ ވެއާ (2010) އަދި އަ ބްރޭންޑް ނިއު ލައިފް (2009) ހިމެނެ އެވެ.

ސޯލް އަށް އުފަން ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "ބްލަޑްހޯންޑްސް" އިންނެވެ.

ކިމްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ގިޓާ މޭން" އާއި "އިވްރިޑޭ ވީ އާ" ހިމެނެ އެވެ.