Last Updated: May 9, 11:16
Friday, May 9, 2025
ދުނިޔެ

ދިއްލީ ބިންހެލުމަށް ފަހު އިތުރު ބިންހެލުންތަކެއް

ރިކްޓާ މިންގަނޑުން 4.0 ބާރުމިނުގައި މިއަދު ފަތިހު އިންޑިއާގެ ވެރިރަށް، ނިއު ދިއްލީ އަށް އައި ބިންހެލުމެއް ފަހު އިތުރު ދެ ސްޓޭޓަކަށް ވެސް ބިންހެލުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ދިއްލި އަށް ބިންހެލުން އައީ ފަތިހު 5:36 އެހާއިރު އެވެ.

އޭގެ ފަހުން ހެނދުނު 8:00 ގައި ބިހާރު ސްޓޭޓްގެ ސިވާން ޑިސްޓްރިކްޓަށް ވެސް 4.0 ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެ އެވެ. އަދި 8:13 ގައި ސިއްކިމް އަށް 2.3 ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެ އެވެ.

އިންޑިއާގެ ތިން ސަރަހައްދަޖކަށް ބިންހެލުންތަކެއް އައުމާ ގުޅިގެން ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކުން ދިފައި ވަނިކޮށް، އަވައްޓެރި ބަންގްލަދޭޝް އަށް ވެސް މިއަދު ބިންހެލުމެއް އައިސްފައިވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައު ހެނދުނު ގައުމަށް ބިންހެލުން އައީ ރިކްޓާ މިންގަނޑުން 3.5 ބާރުމިނުގަ އެވެ. އެއީ ހެނދުނު 8:45 ގަ އެވެ.

މި ބިންހެލުންތަކުގައި އެެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އިންޑިއާ އަށް އައި ބިންހެލުންޔަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބިންހެލުން އައި ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.