Last Updated: May 7, 15:28
Wednesday, May 7, 2025
މުނިފޫހިފިލުވުން

އިގީގެ ފިލްމުން ދެވަނަ ލަވައެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ތައާރަފުކުރާ ފިލްމު "ނާދާނިޔާން" އިން ދެވަނަ ލަވައެއް އާންމުކޮށްފި އެވެ.

މިއަދު އާންމުކުރި ލަވަ އަކީ ހިތާމަވެރި އިހުސާސްތަކެއް ގެނުވައިދޭ "ގަލަތުފޭމީ" އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓުން ވަރަށް އަވަހަށް ނެޓްފްލިކްސް އަށް ގެނެސްދޭން އުޅޭ "ނާދާނިޔާން" އިން ފުރަތަމަ އާންމުކުރި ލަވަ އަކީ އުފާވެރި ލޯބީގެ ލަވައެއް ކަމަށްވާ "ތެރެ އިޝްގް މޭ" އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ރޮމޭންޓިކް ކޮމެޑީގެ ބަތަލާ އަކީ ކުރީގެ މަޝްހޫރު ބަތަލާ، ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގައި 7 ގައި ސިނަމާތަކަށް ގެނައި "ލަވްޔާޕާ" އެވެ. އޭގެ ބަތަލަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނެވެ.

ހުޝީގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސް އިން 2023 ގައި ގެނެސްދިން "ދި އާޗީސް" އެވެ.

އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ގެނެސްދޭ "ނާދާނިޔާން" ގެ ކާސްޓްގައި ސުނިލް ޝެޓީ، މަހީމާ ޗައުދަރީ، ދިއާ މިރްޒާ އަދި ޖުގާލް ހަންސްރާޖް ވެސް ހިމެނެ އެވެ.

އިގީ އާއި ހުޝީ މިހާރު ވަރަށް ގަދައަށް ފިލްމު ޕްރޮމޯޓްކުރަމުން އަންނަ އިރު، ފިލްމު ބެލުންތެރިންްނަށް ދޫކޮށްލާ އިރެއް އަދި ހާމައެއްނުކުރެ އެވެ. އަދި "ނާދާނިޔާން" ގެ ޓްރެއިލާ ވެސް އާންމެއް ނުކުރެ އެވެ.

އިގީ އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.