ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ރޭ ޕެރޫގައި ދޭން އޮތް ޝޯ ފަސްކޮށް ހޮސްޕިޓަލްގައި އެޑްމިޓްވެ ފަރުވާ ހޯދަން ފަށައިފި އެވެ.
މި ވާހަކަ އޭނަ އިންސްޓަގްރާމް ސްޓޯރީގައި ބެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ޝަކީރާ ބުނީ ކުއްލި ގޮތަކަށް އެޑްމިޓްވެ ފަރުވާ ހޯދަން ޖެހުނީ ބަނޑަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ އެ ހާލަތުގައި ޕަފޯމްކުރަން ޑޮކްޓަރުން މަނާކޮށްފައިވާ ކަމަށް ޝަކީރާ ބުންޏެވެ.
އެހެންވެ ޝޯ ކެންސަލް ކިރަން ޖެހުނީ ޓިކެޓް ނަގާފައިވާ ހުރިހާ މީހުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި އުންމީދަކީ ވީހާ ވެސް އަވަހަކަށް ރަނގަޅުވެގެން އެނބުރި ސްޓޭޖަށް އެރުން ކަމަށް ޝަކީރާ ބުންޏެވެ.
ކުރިން ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ ރައްޓެހިވެގެން އުޅުނު ޝަކީރާ، 47، އަކީ ދެ ކުދިންގެ މައެކެވެ.