Last Updated: May 7, 16:06
Wednesday, May 7, 2025
ޚަބަރު

ބީސީސީން ބޮޑުބެރު މުބާރާތެއް ބާއްވަނީ

މި އަހަރު ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އާ ގުޅުވައިގެން ބޮޑުބެރު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މައުރަޒު އިންތިޒާމު ކުރާ ބިޒްނެސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އިިން ބުނީ މިއީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަން ވެސް ދައްކުވައި ދޭނެ މުބާރާތެއް ކަމަށެވެ. ބޮޑުބެރަކީ ދިވެހިންގެ ލެއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބޮޑުބެރު ގްރޫޕްތައް ހަރަކާތްތެރިވެ އެވެ. މީގެ ތެރޭގައި އަންހެން ބޮޑުބެރު ގްރޫޕް ވެސް ހިމެނެ އެވެ.

ބޮޑުބެރު މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ވެސް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ބީސީސީން ބުންޏެވެ.

ދިވެހންގެ އުފެއްދުންތެރިމަން ދައްކައިލަން ހާއްސަކޮށްގެން ބާއްވާ މައުޒަރުގައި ހަތް ދާއިރާއަކުން 15 ގިންތިއަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ ހުޅުވައިލައިގަ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މައުޒަރު ބާއްވަން ހަމަޖެހިފައި ވަނީ މެއި 23-31 އަށެވެ.