Last Updated: July 26, 13:22
Sunday, July 26, 2026
ޚަބަރު

ފިޔާ، އަލުވި އަދި ބިސް އައްޑޫގައި ވިއްކަން ފަށައިފި

ރޯދައާ ދިމާކޮށް އެސްޓީއޯ އިން އައްޑު އަށް ގެނައި ފިޔަ އާއި އަލުވީގެ އިތުރުން ބިސް ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން ވަނީ އެ ބާވަތްތައް އައްޑޫގައި ގަނޑުކޮށް ވިއްކާ އަގުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ފިޔަ އާއި އަލުވީގެ އިތުރުން ބިހަކީ އާންމުކޮށް ރޯދަ މަހުގެ ތެރޭގައި ވަރަށް ގިނަ ބޭނުންކުރާ ތިން ބާވަތަށްވާތީ ރޯދަ މަހުގެ ތެރޭގައި އެ ބާވްތަތައް ދަތިނުވެ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.