ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮނާ ނޯލަންގެ އާ ފިލްމު "ދި އޮޑިސީ" ގައި އެކްޓަރު މެޓް ޑޭމަން ފެންނާނެ ގޮތް ދައްކާލައިފި އެވެ.
މި ޕީރިއަޑް ފިލްމުގައިގައި ހުނަރުވެރި އެކްޓަރު ފެންނާނީ ގްރީސްގެ ކުރީގެ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ. "ދި އޮޑިސީ" އަކީ ނޯލަންއާ އެކު ޑޭމަން މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމުތަކަކީ ނޯލަން 2023 ގައި ގެނެސްދިން "އޯޕަންހީމާ" އާއި "ދަ ޑިޕާޓެޑް" ގެ އިތުރުން "އިންޓަސްޓެލާ" އެވެ.
"ދި އޮޑިސީ" ގައި ޑޭމަންއާ އެކު އޭ-ލިސްޓް ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި އޭން ހެތަވޭ، ރޮބަޓް ޕެޓިންސަން، ލުޕިޓާ ނިއޮންގޯޯ، ޝާލީޒް ތެރޯން، ބެނީ ސެފްޑީ، ޖޮން ބާންތަލް، ޖޯން ލެގްޒާމޯގެ އިތުރުން މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ހިމެނެ އެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ދި އޮޑިސީ" އަކީ ނޯލަން ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ. މި ފިލްމު އުފައްދަނީ އޭނަ އާއި އަންހެނުން އެމާ ތޯމަސްގެ ޕްރޮޑަކްޝަން ހައުސް، ސިންކޮޕީ އާއި ޔުނިވާސަލް ޕިކްޗާސް ގުޅިިގެންނެވެ.
"ދި އޮޑިސީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 17 ގަ އެވެ.